ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ރ.އަލިފުށީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯ ހެދުމާ ބައެއް މަރާމާތުކުރުން

މިކޯޓުގެ އިމާރާތަށް ޕޯޓިކޯ އިތުރުކޮށް ބައެއް މަރާމާތު ކުރަންބޭނުންވާތީ ، މި ކޯޓުން ފޯރުކޮށްދޭ މައުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 އެޕްރީލް 2023 ވާބުދަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި  ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިމުއްދަތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް، ތިރީގައިވާ މަޢުލޫމާތުތައް ހިމެނުމަށްފަހު [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

  • ކުންފުނި/ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރު:
  • ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް:
  • ގުޅޭނެ ފޯނު ނަންބަރު، އީ-މެއިލް އެޑްރެސް:

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 އެޕްރީލް  2023 ވާ ބުދަ ދުވަހުގެ 13:00 ގައި ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ، "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތަށް އެފަރާތަކުން ހުށަހަޅާ އަގުގެ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ.

އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވި މީހެއްކަން އެނގޭނެފަދަ ލިޔުމަކާއި ޙާޟިރުވާފަރާތުގެ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ކުރެހުން ސެޓް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، [email protected]  އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

02 އޭޕްރިލް 2023
ހޯދާ