ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތެލާއި ގޭހުގެ ވިޔަފާރިކުރުމަށް ހިޖްރީ، ޢަލީ އަޙްމަދަށް ދޫކޮށްފައިވާ ބިމާ އިންވެގެން އޮތް 26/05 ނަންބަރު ބިމުގައި ހަދާފައިވާ ބަކަރި ކޮށްޓާއި އެ ބިމުގައި ބަހައްޓާފައި ހުރި ތަކެތި، ނެގުމަށް އަންގައި މިއިދާރާގެ ނަންބަރު ESD/383/2023/13(IUL)-383 (07 ފެބުރުވަރީ 2023) އިޢުލާނުންވާނީ އާއްމުކޮށް އަންގާފައެވެ. ނަމަވެސް މިއަދާހަމައަށްވެސް ބިމުގައިވާ ތަކެތި ނަގައި ބިން ހުސްކޮށްފައި ނުވާތީ،  މިއަދުން ފެށިގެން 10 (ދިހައެއް) ދުވަސް ތެރޭގައި އެބިމުގައި އެއްވެސް މީހެއްގެ މުދަލެއްވާނަމަ، އެތަކެތި ނަގައި ބިންސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، މިއިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ ތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޭޕްރިލް 2023
ހޯދާ