ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޚަތިމްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން؛

1444 ވަނަ އަހަރުގެ ރަމަޟާންމަހު ޤުރުއާން ޚަތިމްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

ދަރިވަރުންގެ އުމުރުފުރާ: ނެތް (ބަލައިގެން ކިޔަން އެގުން)

ކްލާސް އޮންނަ ގަޑި: އަޞްރު ނަމާދަށްފަހު، 30 މިނެޓް

ކްލާސް އޮންނަ ތަން: މަސްޖިދުލް ފުރުޤާން

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 އެޕްރީލް 04 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރު 7202297 އަށް މެސެޖް ކުރައްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޭޕްރިލް 2023
ހޯދާ