އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލަށް އޭ.އެޗް.ޔޫ 4 ސެޓް ހީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިހޮސްޕިޓަލަށް އޭ.އެޗް.ޔޫ 4 ސެޓް ހީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެެތި ސަޕްލައި ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސްޕެސިފިކޭޝަން ޝީޓު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

 

  • އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެން މުޅި މަސައްކަތަށްވާ ޖުމްލަ އެނގޭގޮތަށް ދީފައިވާ ސްޕެސިފިކޭޝަންގެ އައިޓަމަށެވެ.
  • އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
  • ހީޓަރުތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ ވޮރަންޓީއެއް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

90

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

 

މުއްދަތު

10

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް އޭ.އެޗް.ޔޫ 4 ސެޓް ހީޓަރ ސަޕްލައިކޮށްދޭނެެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

 

އަންދާސީ ހިސާބު ހުށަހެޅުން

 

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 އޭޕްރިލް 2023 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

 

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. 2.       މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

   08 ރަމަޟާން   1444

   30 މާރިޗް    2023

30 މާރިޗު 2023
ހޯދާ