މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުން.

މި އިޢުލާންވަނީ 04 އޭޕްރިލް 2023 15:48 ގައި ބާތިލް ކުރެވިފައެވެ.


 (IUL)337-C-AA/337/2023/42 ނަންބަރ

އިޢުލާން

 

ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުން.

ކ.މާފުށީގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް 28 މާރިޗު 2023 ވަނަ ދުވަހު ބޭއްވި މި ކައުންސިލްގެ 10 ވަނަ އާއްމު ޖަލްސާއިން ފާސްކޮށް މިއިދާރާގެ ނަންބަރު: (IUL)337-C-AA/337/2023/40 (30 މާރިޗު 2023) އިޢުލާނުން އާއްމުކޮށްފައިވާ "ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" (01 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު)" އުސޫލާއި އެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 2000 އަކަފޫޓުގެ 308 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ  އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާނަމަ، މިފަދަ ބައެއް މި ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ހިބައިން ދީފައިވާނަމަ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

ފޯމް ދޫކުރުން:

މިއަދުން ފެށިގެން (30 މާރިޗު 2023) ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 02 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށެވެ.

ފޯމް ބަލައިގަތުން:

ފޯމް ބަލައިގަތުން އޮންނާނީ 09 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  1. ކ.މާފުށިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު.
  2. ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" (01 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު).
  3. ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބިފައިވާނަމަ އެފަދަ ތަންތަން ދޫކޮށްލުމަށް ވެވޭ އިޤްރާރު. (ފޯމް ސެޓްގައި ހިމެނިފައި)
  5. ގޯއްޗަށް އެދި ހުށަހަޅާ ފަރާތައް ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު. (ފޯމް ސެޓްގައި ހިމެނިފައި)

 

08 ރަމަޟާން 1444

30 މާރިޗު 2023

 

30 މާރިޗު 2023
ހޯދާ