މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

1 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 މާރޗް 2023 ން 06 އޭޕްރީލް 2023 ށް ބަންދުނޫން ދުވަސްތަކުގެ 9:00 ން 12:00 އަށް ފިއްލަދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރައްވާ ފަރާތްތަކަށެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 12.00 ގައި މި ސްކޫލްގައެވެ.

އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ( ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން/ މޯބައިލް ފޯނު ނަމްބަރ / އިޢުލާނު ނަމްބަރ ) ހިމަނުއްވާ މި ސްކޫލްއަށް މެއިލްކުރެއްވުން އެދެމެވެ[email protected]

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 އޭޕްރީލް 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. [email protected]  

ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00 ގައި ފިއްލަދޫ ސްކޫލް ގައެވެ.

މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު، ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ  ކާޑު ގެންނަންވާނެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު 6500536 ނަމްބަރަށް ގުޅުމުން ލިބިލައްވާނެއެވެ.

30 މާރިޗު 2023
ހޯދާ