މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 1 ވަނަ އިޞްލާޙު ގެނައުން.

 (IUL)337-C-AA/337/2023/40 ނަންބަރ

އިޢުލާން

 

"ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 1 ވަނަ އިޞްލާޙު ގެނައުން.

 

މިއިދާރާގެ ނަންބަރު: (IUL)337/337/2023/26 (26 ފެބްރުއަރީ 2023) އިޢުލާނުން އާންމުކޮށްފައިވާ، "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިއިބެހޭ އުސޫލު" އާއި ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލައި، އެ ޝަކުވާތަކާއި ގުޅޭގޮތުން 19 މާރިޗު 2023 ވަނަ ދުވަހުގެރޭ މާފުށީގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުން އަދި "ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ" އާއެކު ބޭއްވުނު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު"ކ. މާފުށިންދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް 01 ވަނަ އިޞްލާޙު ގެނައުމަށް 28 މާރިޗު 2023 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 10 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މި ގެނެވުނު ބަދަލުތަކާއެކު "ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" (01 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު) އާއްމުކޮށް އިޢުލާންކުރީމެވެ.

08 ރަމަޟާން 1444

30 މާރިޗު 2023

 

 

30 މާރިޗު 2023
ހޯދާ