ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު

އިއުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު:

ބީލަމުގެނަން: މާވަށު ރައްޔިތުންގެ ރުއްތައް ކުއްޔަށްދޫކުރުން

ބީލަން ނަންބަރު: 400/PROJ/2023/01

އިއުލާނު ނަމްބަރު: (IUL)400/INDIV/2023/12

އިއުލާނުގެ ވަނަ: 01

މާވަށު ރައްޔިތުންގެ ރުއްތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ވުމަށް، 2023 އެޕްރީލް 9 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން  ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް ބަންދު ނޫން ކޮންމެދުވަހަކު މިއިދާރާއިން ލިބެންހުންނާނެއެވެ. ބީލަން ރެޖިސްޓުރޭޝަން ފީއަކީ  50/- ރުފިޔާއެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، 2023 މާރިޗް 30 ވާ އަންގާރަ ދުވަހު ފެށިގެން 2023 އެޕްރީލް 9 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުށައެޅުން

  • ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2023 އެޕްރީލް 10 ވާ ހޯމަ ދުވަހު 13:00އެވެ.
  • ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ.
  • ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "މާވަށު ރައްޔިތުންގެ ރުއްތައް ކުއްޔަށްދޫކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން

  • ބީލަން ހުޅުވާނީ 2023 އެޕްރީލް 10 ވާ ހޯމަ ދުވަހު 13:00 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
30 މާރިޗު 2023
ހޯދާ