ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1580 ފޫޓުގެ މަގުފާރު ރޭނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ތ. ކިނބިދޫ ބޯޅަދަނޑުގެ ވަށައި ރާނަންޖެހޭ ފާރުގެ ތެރެއިން، 1580 ފޫޓުގެ މަގުފާރު ރޭނުމަށް ހަވާލުކުރި ފަރާތުން މަސައްކަތުގެ ބައެއް ކުރުމަށްފަހު މަސައްކަތް ދޫކޮށްލާފައިވާތީ، މިހާރު ނުނިމިހުރި ބައިގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 20 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2015 ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

- މަސައްކަތުގެ އަގަށް    %85  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 85x)

- މުއްދަތަށް          %5  (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 5x)

- މާލީ ތަނަވަސްކަން     %5 (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް, ކޮންމެ މަހެއް ވަކީން، ބޭންކުގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 5x ބަލައި އެވްރެޖް ހޯދުން)

- ތަޖުރިބާއަށް         %5 (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާނަމަ އެމަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުންތައް ހުށަހެޅުމުން އެލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ