މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

1444 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވަނީ 386 ޕަކެޓް ކަދުރެވެ. އޭގެ ތެރެއިން 1443 (2022) ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ (11 ގޭބިސީން) ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު ބާކީ ހުރި 375 ޕަކެޓް ބަހާނީ، ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުން، 375 ޕަކެޓް ކަދުރު ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓެވެ.

ކަދުރު ބެހުން ކުރިއަށްދާނީ 2023 މާރިޗު 30 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 ން 13:00 އަށް، މިއިދާރާގެ ކައުންޓަރުންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 މާރިޗު 2023
ހޯދާ