އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ގްލާސް ޓިންޓް ސްޓިކަރ ޖަހައިދޭނެ ފަރާތެއް ހޯދުމަށް

ގްލާސް ޓިންޓް ސްޓިކަރ ޖެހުމާބެހޭ

ވެލާނާގޭގެ 6 ވަނަ ފަންގިފިލާގައި މިއޮފީސް ހިންގާ ބައެއްގައި ގްލާސް ޓިންޓް ސްޓިކަރ ޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

‏‏17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ