މުލަކަތޮޅު މަޑުއްވަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މ.މަޑުއްވަރީ ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.ދިއްގަރަށް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މ.މަޑުއްވަރީ ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.ދިއްގަރަށް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

އިޢުލާން

މ.މަޑުއްވަރީ ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.ދިއްގަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެއްފަހަރު (ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 1 އަހަރު ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1-      މ.މަޑުއްވަރީ ޞިއްޙީމަރުކަޒުން މ.ދިއްގަރު ޞިއްޙީމަރުކަޒަށް ސާންޕަލްތައް ގެންދިއުމާއި އަނބުރާގެނައުން.

2-      މަރުކަޒުން ނަގާ ސާންޕަލްތައް ޙަވާލުކުރާތާ 1 ގަޑިއިރުތެރޭގައި ކަނޑައަޅާ ރަށަކަށް ރައްކާތެރިކަމާއެކު ގެންދިއުން.

3-    ސާންޕަލް ކެރިއަރ ޙަވާލުވާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 4 ގަޑިއިރު ތެރޭގައި އަނބުރާ ހުސް ކެރިއަރ އެމަރުކަޒަކަށް ޙަވާލުކޮށްދިނުން.

4-  އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތަށް ސާންޕަލް ކެރިއަރ ރައްކާތެރިކަމާއެކު ކަނޑައަޅާ މަރުކަޒަކަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ބިޑް ކާމިޔާބު ކުރާ ފަރާތުގެ ޒިންމާއެއް.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 03 އޭޕްރިލް  2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މ.މަޑުއްވަރީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 05 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މ.މަޑުއްވަރީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

29 މާރިޗު 2023

29 މާރިޗު 2023
ހޯދާ