ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ނަރުދޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ފަހާދޭނެ ފަރާތެއް ހޯދުން

މިސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ފަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

1        މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ފަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2320 މާރިޗު 29 ން 2320 އެޕްރީލް 05 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2320 އެޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އެޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އެޕްރީލް 12 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

6        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނަރުދޫ ސްކޫލް

ށ. ނަރުދޫ

ފޯން: 6540577

އީ-މެއިލް: [email protected]

29 މާރިޗު 2023
ހޯދާ