ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިއޯ ޓްރޭޑިންގ ޙައްޖު ދަތުރުގެ ފުރުޞަތަށް ހުޅުވާލުން

                                  ޢިއުލާން

 

ލިއޯ ޓްރޭޑިންގ ޙައްޖު ދަތުރުގެ ފުރުޞަތަށް ހުޅުވާލުން

  ކުރީ އަހަރެކޭ އެއްގޮތަށް 1444 ވަނަ އަހަރު ވެސް ލިއޯޓްރޭޑިންގ ކުންފުނީގެ ޚަރަދުގައި ގއ. ނިލަންދޫގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ފަރާތް ޙައްޖަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގެ އެންމެހާ އިންތިޒާމްތަކާއި، ދާނެ ފަރާތް ކަނޑައެޅުން ލިއޯޓްރޭޑިންގ އިން ވަނީ މިކައުންސިލާއި ހަވާލުކޮށްފައެވެ.

 ވީމާ، މިއަހަރު ޙައްޖަށް ލިއޯޓްރޭޑިންގ ކުންފުނީގެ އެހީގެ ދަށުން ދިއުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ބަޔާންކޮށް 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

  އެހީގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތާއެކު އެހީތެރިއެއް ނުވަތަ މަޙްރަމެއް ދާންޖެހޭނަމަ އެކަމެއް ހަމަޖައްސާނީ ހޮވޭފަރާތުން އަމިއްލައަށް ކަމުގައި ދަންނަވަމެވެ. އަދި ޙައްޖު ދަތުރަށް އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިޢުލާނުގައިވާ މުއްދަތުތެރޭގައި ސިޓީ ހުށަޅައިފިނަމަ، ޙައްޖަށް ދިއުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅާނީ މިކައުންސިލުން އެކަމަށް އައްޔަންކުރެވޭ ކޮމެޓީއަކުންނެވެ. ޝަރުތު ހަމަވާ ފަރާތްތައް އެކަކަށްވުރެ ގިނަ ނަމަ ޙައްޖަށް ދާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތަކުންނެވެ.

  މިހެންވެ މިކަން އާންމުކޮށް މިކަން އަންގައި އިޢުލާންކުރީމެވެ.

              06   ރަމަޟާން   1444

29 މާރިޗު 2023
ހޯދާ