މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު– އަތޮޅުތަކުގެ (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް) ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރ- 09 އަތޮޅު ތެރެއިން މީމު އަތޮޅުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު– 8 ވަނަ އިއުލާން

 

(IUL)438-WMPC/438/2023/152:ނަމްބަރު

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު–  އަތޮޅުތަކުގެ (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް) ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރ- 09 އަތޮޅު ތެރެއިން މީމު އަތޮޅުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެދައުވަތު– 8 ވަނަ އިއުލާން

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ދަށުން ޒޯން 5،4،2 ގެ (ފަސް) 5 އަތޮޅަކަށް ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރުންގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-WMPC/438/2023/13 އިއުލާނާއި ގުޅިގެން މީމު އަތޮޅަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މީމު އަތޮޅުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރގެ މަޤާމަށްއަލުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި މަޤާމުގެ އިތުރު މަޢުލޫމާތު ތިރީގައިވާ ތާވަލުގައިވާނެއެވެ.

މަޤާމުގެ ނަން

ބޭނުންވާ ޢަދަދު

މުއްދަތު

މަހު މުސާރަ

ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރުން- ދާލު އަތޮޅު

1

9 މަސް

19،000-20،000 (ދިވެހިރުފިޔާ)

ކޮމިއުނިޓީ އެންގޭޖްމަންޓް ކޯރޑިނޭޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަތޮޅު ފެންވަރާއި ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމް ރާވާ ހިންގުމުގައި ރަށްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ދާއިރާއިން ރަށްތަކުންނާއި މިނިސްޓްރީއިން ރާވާ ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުމެވެ. އަދި މީގެއިތުރުން އަތޮޅު ކައުންސިލް، މީހުން ދިރިއުޅޭ ރަށްތަކާއި އަދި ރިސޯޓްތަކާއި ގުޅިގެން މަސައްކަތްކޮށް މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްގެ ދަށުން އިފްތިތާހު ކުރެވުނު  ވޭސްޓް މެނޭޖްމަންޓް "ފަސްގަނޑު" ކޮމިއުނިކޭޝަން ޓޫލްކިޓް އަތޮޅު ފެންވަރުގައި އިންޕްލިމެންޓް ކުރުމެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

1) ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު، ވޮލަންޓިއަރުނާއި، މުއައްޒަފުން އަދި ދަރިވަރުން ހިމެނޭގޮތަށް ކޮމިޔުނިޓީ އައުޓްރީޗް ޕްރޮގޮރާމްތަކާއި، ހަފްލާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން  

 2) މުއާމަލާތްކުރުމާއި، މުޖްތަމައުގެ އެއްބައިވަންތަ ކުރުމުގެ ކަންކަމުގައި މައްސޫލުވެ އުޅުމުގެ ތަޖުރިބާ ލިބިފައިވުން 

 3) ރަށުފެންވަރުގައި ކުންޏާއި ވަސީލަތް މެނޭޖްކުރުމުގެ މަސައްކަތުގައި ޝާމިލްވާ އާންމު ފަރުދުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތާއި ގުޅޭ މަޢުލޫމާތާއި، ތަޖުރިބާ ލިބުމުގެ އިތުރުން ރަށުގެ ކުނިމެނޭޖް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

4)  ތަމްރީން ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް އަދި މުޖްތަމައުއަށް ފައިދާވާ ޕްރޮގްރާމްތައް ހިންގާ ރޭވުމުގެ ޤާބިލިއްޔަތުކަން ހުރުން

5) އިންޓަރ ޕާސަނަލް ސްކިލް ހުރުމާއެކު މީހުންނަށް މިސާލެއްގެ ގޮތުގައި މަސައްކަތްކޮށް ރައްއިތުންނަށް ހިއްވަރުދީ މަސައްކަތް ކުރުމުގެ   ޤާބިލިއްޔަތުކަން ހުރުން

6) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން

7) މަޝްރޫޢު ހިންގުމަށް ޕްރެޒެންޓޭޝަންސް ހެދުމާއި އެހެނިހެން ލިޔެކުއުންތައް ތައްޔާރު ކުރުމަށް ބޭނުންވާ މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރަން އެގުން

8) ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓް އަދި ތިމާވެއްޓާބެހޭ ދާރާގައި ހުރި މައްސަލަތަކުގެ އާންމު މަޢުލޫމާތު ލިބިފައިވުން

9) ދިވެހި އަދި އިނގިރޭސިބަހުން ލިޔުމާ މުއާމަލާތް ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން

ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް އިންޓަވިއުގައި ބައިވެރިވުމަށް ދައުވަތު އެރުވޭނެއެވެ. އަދި ކެންޑިޑޭޓްގެ ޤާބިލިއްޔަތުކަން ބެލުމައްޓަކައި ޕާރސަނަލް ރެފަރެންސްގެ ގޮތުގައި  ކެންޑިޑޭޓްގެ މަޢުލޫމާތު ދެވޭނެފަރާތްތަކުގެ ނަމާއި ނަންބަރު ހިއްސާކުރުމަށް އެންގޭނެއެވެ.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވެ ފަރާތްތަކުން، މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާގައިއެވެ.

މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.  

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

މި މަޤާމަށް ކަނަޑައެޅިފައިވާ މުސާރަ މަތީގައިވާ ތާވަލުގައިވާނެއެވެ. މިމުސާރައިގެ އިތުރުން، އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އެޕްރީލް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"  ތިރީގައިވާ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުން އެދެމެވެ.  އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވ.

   “Expression of Interest- Community engagement Coordinator- “MEEMUATOLL” 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،

ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގް

ކަލާފާނު ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018300  ، 3018451

28 މާރޗް 2023

28 މާރިޗު 2023
ހޯދާ