ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ދެ މާލަމެއްގައި ކާޕެޓް (އަންޑަރލޭ އާކު) އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހުގެ ދެ މާލަމެއްގައި ކާޕެޓް (އަންޑަރލޭ އާކު) އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުން

 މި އޮފީހުގެ ދެ މާލަމެއްގައި ތަނާގުޅޭ ކުލައެއްގެ ޑިޒައިން ކާޕެޓް (އަންޑަރލޭ އާކު) އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 އެޕްރީލް 4 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

 ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

 ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 އެޕްރީލް 4 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 އެޕްރީލް 9 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

    6 ރަމަޟާން 1444

 

28 މާރިޗު 2023
ހޯދާ