ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މިއިދާރާގެ ލައިބްރަރީ އަދި އާކައިވްސް އިން ދޭ ޚިދުމަތްތައް އަދި ކަލެކްޝަން ޕްރޮމޯޓް ކުރުމަށް ބޭނުންވާ ތަކެތި ޑިޒައިންކޮށް ސަޕްލއިކޮށްދޭނެ ފަރާތެއް ހޯދުމަށް

       މިއިދާރާގެ ލައިބްރަރީ އަދި އާކައިވްސް އިން ދޭ ޚިދުމަތްތައް އަދި ކަލެކްޝަން ޕްރޮމޯޓް ކުރުމަށް ބޭނުންވާ ތަކެތި ޑިޒައިންކޮށް ސަޕްލއިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

https://forms.office.com/r/Bx2mdhMvuj

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،04 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

05 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި

ޕްރީބިޑު މީޓިން

10 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގ އަށް އަންނަ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

27 މާރިޗު 2023
ހޯދާ