ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ

އިޢުލާން

                                                         ނަމްބަރު: (IUL)262/262/2023/28

 

5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ

 

އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (A,B/50) ހުސްބިމިގައި ހުރި 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް ކުރިއެކޭވެސް އެއްގޮތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ. ދެންނެވިފައިވާ ގޮތުގެމަތިން 05 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2023  އޭޕްރީލް 04 ވާ ބުދަ ދުވަހުގެ 00:11 އަށް ކައުންސިލަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅުއްވާއިރު ގުޅޭނެ ފޯނު ނަމްބަރާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަގު އޮންނަންވާނީ ސިޓީ އުރާގައި ރަގަޅަށް ބަންދުކުރެވިފައެވެ. އަދި ސިޓީ އުރާއިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި މި އިޢުލާން ނަންބަރު ޖެހުމަށްފަހު، " 5 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަންއާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

27 މާރިޗު 2023
ހޯދާ