މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށް އޮފީސް ފަރުނީޗަރ ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ބައެއް މަރާމާތުކުރުމަށް

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2023/117 (26 މާރިޗު 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

މި މިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށް އޮފީސް ފަރުނީޗަރ ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުން ތިރީގައި ދެންނެވިފައިވާ ގަޑިޔަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:     30 މާރިޗު 2023، 11:00 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

50 ރަމަޟާން 1444

27 މާރިޗު 2023
ހޯދާ