މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި ކާށި ބަސްތާ ތަކަކާއި ގުޅޭ

މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ގެ އޯ ޒޯންގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ 4 ބަސްތާ ކާށި ހުރުމާއިއެކު މިތަކެތީގެ ވެރި ފަރާތެއް ވާނަމަ، މިއަދުން ފެށިގެން 3 ދުވަހުގެ ތެރޭގައި މި ތަކެއްޗާއި ޙަވާލު ވުމަށް ދަންނަވަމެވެ.

އަދި 3 ދުވަސްތެރޭގައި ޙަވާލު ނުވެއްޖެނަމަ މާލެ ހުޅަނގު ދެކުނު ހާބަރު ބޭނުންކުރުމުގެ އުސޫލުގެ 15 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތިން މިތަކެތީގެ ވެރި ފަރާތެއް ނެތްކަމަށް ބަލައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން މިތަކެތި ނީލަމުގައި ވިއްކާލުން، ނުވަތަ ނައްތާލެވޭނެ ވާހަކަ އަންގައި އިޢުލާން ކުރަމެވެ.

މިކަމާ ގުޅޭނެ ނަންބަރ: 3039644 ، 9755722

26 މާރިޗު 2023
ހޯދާ