ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444ވަނަ އަހަރު ރަމަޟާންމަހު ތަރާވީހު ނަމާދު ކުރުމަށް ގެނެވިފައިވާ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. )3 ވަނަ އިޢުލާން)

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

1444ވަނަ އަހަރު ރަމަޟާންމަހު ތަރާވީހު ނަމާދު ކުރުމަށް ގެނެވިފައިވާ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. )3 ވަނަ އިޢުލާން)

 

         މި ކައުންސިލްގެ ނަމްބަރު (IUL)405-A/2023/1421 މާރިޗް 2023ގެ އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ ކޯޓޭޝަން ތަކުގެ ތެރެއިން ޝަރުތުހަމަވާ ކޯޓޭޝަން މަދުކަމަށް ފެންނާނީ  އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.

1444ވަނަ އަހަރު ރަމަޟާންމަހު ތަރާވިހު ނަމާދު ކުރުމަށް ގެނެވިފައިވާ ހާފިޡުގެ 28(އަށާވީސް) ދުވަހުގެ ހުރުމާއި ކެއުން ޒަމާނާއިގުޅޭ ރަގަނޅު ފެންވަރެއްގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ 13:00ށް، މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަނދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު  9995970 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާނުކުރީމެވެ.

26 މާރިޗު 2023
ހޯދާ