ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަން ތުނޑީ އަވަށު ބަނދަރު ދެކުނު ކޮޅުން 10 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ލ.ގަން ތުނޑީ އަވަށު ބަނދަރު ދެކުނު ކޮޅުން 10 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

            ލ. ގަން ތުނޑީ އަވަށު ބަނދަރުގެ ދެކުނު ކޮޅުން އެކިއެކި ބޭނުންތަކަށް 10 ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތީރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެ، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 02 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.

 

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގެ މަޢުލޫމާތު ދިނުން

ލ.ގަމު ކައުންސިލްއިދާރާގެ ސެމިނަރ ރޫމް

03 އޭޕްރީލް 2023 (ހޯމަ)

11:30

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލްއިދާރާގެ ސެމިނަރ ރޫމް

10 އޭޕްރީލް 2023 (ހޯމަ)

11:30

            މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ބިޑް ފޯމުގެ ކޮޕީ މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 6801024 ނަންބަރަށް ގުޅުއްވުން އެދެމެވެ.

26 މާރިޗު 2023
ހޯދާ