ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
މިސްކޫލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

މިސްކޫލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 އެޕްރީލް 03 ދުވަހުގެ ރޭ 21:30 އަށް މިސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 24 ގަޑިއިރުތެރޭ ތަކެތި ގެންގޮސް ބިން ސާފުކުރައްވަންވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892546 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

26 މާރިޗު 2023
ހޯދާ