މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

                                                                        ނަންބަރ: (IUL)10-M/10/2023/46

                                          އިޢުލާން

 

މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

            ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ތިން މެންބަރުން ހޮވުމަށް ބޭނުންވެއެވެ. އެއީ މީޑިއާ ތަމްސީލުކުރާ 1 (އެކެއް) މެންބަރަކާއި އާންމު 2 (ދޭއް) މެންބަރުންނެވެ.  މިތިންމެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA  އިން ޑައުންލޯޑް ކުރެވޭނެއެވެ.   

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2023 މާރިޗް 27، 30،29،28، އަދި އޭޕްރީލް 2  މިދުވަސްތަކުގެ ހެނުދުނު 9:30 ން ފެށިގެން މެންދުރު 12:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނުންނެެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 މާރިޗު 2023
ހޯދާ