ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތުކުރުން

                                                          ނަންބަރު: B9C-A/2023/4

                                                                    

އިޢުލާން

 

             މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ފާޚާނާ މާރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރިޗު 26 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މިކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.

             ކޯޓޭޝަނާއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި، އެސް.އެމް.އީ ރެޖިސްޓްރީ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓްރީކޮށްފައިވާނަމަ ، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

             ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)  ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

             މިމަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާ ފަރާތްތަކުން މިކޯޓުގެ ނަންބަރު:6521679  ނުވަތަ 7648789 ފޯނަށް ގުޅުއްވުން އެދެމެވެ.

          

30 ޝައުބާން 1444

22 މާރިޗު   2023

 

 

22 މާރިޗު 2023
ހޯދާ