މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ބިން އަމިއްލަކުރުމުގެ އަގާއި، މުއްދަތު ކަނޑައެޅުން

ކ.ހުރާއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ބިން އަމިއްލަކުރުމުގެ އަގާއި، މުއްދަތު ކަނޑައެޅުން

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:1/2002) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ޤަވާޢިދު ނަމްބަރު: R-181/2022 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ، 22 މާރިޗު 2023 ން ފެށިގެން މާލެއަތޮޅު ހުރާއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި މިކައުންސިލުން ކަނޑައަޅާފައިވަނީ، އެއްފަހަރާ ދައްކާ ނަމަ އަކަފޫޓަކަށް 50.00 (ފަންސާސް ރުފިޔާ) އެވެ. 6 މަސް ދުވަހަށް ބަހާލައިގެން ދައްކާނަމަ، އަކަފޫޓަކަށް 75.00 (ހަތްދިހަ ފަސް ރުފިޔާ) އެވެ. އަދި 1 އަހަރު ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 100.00 (ސަތޭކަ ރުފިޔާ) އެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30  ޝައުބާން   1443

22   މާރިޗު    2023

22 މާރިޗު 2023
ހޯދާ