އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ލޯންޗެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް – ހަތަރުވަނަ ޓެންޑަރ

 

ލޯންޗެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް– ހަތަރުވަނަ ޓެންޑަރ

 

 

 

ރަސްފަރި ރިސްޓޮރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ލޯންޗެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ރެސްޓްރިކްޓެޑް ޓެންޑާގެ އުސޫލުން 11 ޖެނުއަރީ 2023 ހުޅުވާލި ފުރުސަތުގައި ބިޑްހުށަހެޅިފަރާތްކުގެ ތެރޭގައި، މަސައްކަތު ތަޖުރިބާގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނެތުމުގެ ސަބަބުން އެ ބިޑް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

ބީލަން ހުށަހަޅާނީ 6 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 6 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އީ-މެއިލް ކުރާނީ 3 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

އީމެއިލް އެޑްރެސް[email protected]

 

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

22 މާރިޗު 2023
ހޯދާ