ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސީނިއަރ އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަސައްކަތުގެ ފެންވަރާއި ޙަރަދުތައް ބެލެހެޓުން

- މަސައްކަތް ހަވާލުކުރި ފަރާތާއި، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް މުޢާމަލަތްކުރުން

- މަސައްކަތުގެ ތާވަލް ބެލެހެއްޓުން

- މަސައްކަތައް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަމާއި އެތަކެތި ކަނޑައެޅިފައިވާ ވަގުތުތަކަށް ސައިޓަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން

- ކަނޑައެޅިފައިވާ ވަގުތާއި ބަޖެޓަށް ބެލުން

- ސައިޓުތަކުގައި ކަންހިނގާގޮތް ބެލުން

- ކުރިއަށްދާމިންވަރާއި ގޮންޖެހުންތައް ރިޕޯޓުކުރުން

- ސަބްކޮނޓްރެކްޓަރސް މެނޭޖްކުރުން

- މަސައްކަތާއި ގުޅޭ މަޢުލޫމަތު އެމަސައްކަތެއްގައި ބޭނުންކުރުން

- ވަށައިގެންވާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކައުތެރި ވުމަށް ހަނދާންކޮއްދިނުން

- މަސައްކަތް ހަވާލުކުރާ ފަރާތައި ޕްރޮޖެކްޓް ޓީމްއާއި ދެމެދު ރަނަގަޅަށް މުޢާމަލާތް ހިނގުން

- މަސައްކަތް ފެށުމުގެ ކުރިން ހޯދަންޖެހޭ މަޢުލޫމަތު ހޯދާ އެއްކުރުން.

މަޤާމް:

ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު  5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ،

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަސައްކަތް ކުރާފަރާތް ނުވަތަ މަސައްކަތް ހަވާލުކުރެވިފައާ ފަރާތުގެ މަސައްކަތް ބެލެހެއްޓުން

- މަސައްކަތް ފެށުމުގެ ކުރިން ދޭ އިރުޝާދުތައް ތައްޔާރުކޮށް އަދި ފޯރުކޮށްދިނުން

- ސަލާމަތީ ފިޔަވަޅުތައް ރައްކައުތެރިކަމާއެކު ބެލެހެޓުން

- ސައިޓުތަކުގައި ހެދިފައިވާ ޤަވާޢިދުތަކަކި އެތަނަކާއި އެކަށިގެންވާ ޤަވާޢިދުތަކެއްކަން ކަށަވަރުކުރުން

- ޤަވަޢިދުން މަސައްކަތް ކުރިއަށްދާގޮތް ބެލުން

- މަސައްކަތްތައް ރޭވުމުގައި ޕްރޮޖެކްޓް މެނޭޖަރއަށް އެހީތެރިކަން ފޯރުކޮށްދިނުން

- މަސައްކަތައް ބޭނުންވާ އެނމެހައި ތަކެތި ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން

- ސައިޓު ރިޕޯރޓް ހެދުމަށްޓަކައި ރެކޯރޑސް ތައްޔާރުކުރުން

- ސައިޓުގައި ކުރެވޭ މީޓިންތަކަށް އައުން

- ސައިޓުގައި ކުރެވޭ ކަންތައްތަކަކީ ޤާނޫނާއި ޤަވަޢިދާ އެގޮތައް ދާ ކަންތައްތައްކަން ކަށަވަރުކުރުން

- މައްސަލަތައް ހައްލުކޮށް ލިބޭ ކުރިއެރުންތައް ކުރިއެރުވުން

- ކުންފުނިން ބޭރުން މަސައްކަތް ބަލަން އަންނަފަރާތްތައް ހަމަޖައްސައި އެކަން ބެލެހެއްޓުން

- މަޝްރޫޢުގައި ހިމެނޭ އެންމެހައި ނުރައްކާތެރި ހާލަތްތައް ފާހަގަ ކުރުން

- މަސައްކަތުގެ މާހައުލުގައި ހުންނަން ޖެހެ އަޙްލާޤީ މިންގަނޑު ހިފެހެއްޓުން.

- މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                    30 ޝައުބާން 1444

22 މާރިޗު 2023
ހޯދާ