މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1444 ރަމަޟާން މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް އަދި އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަންއާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ

އިޢްލާން 

މިމިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް، އަދި އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަން  ސެކްޝަންގެ ޚިދުމަތްތައް މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް، ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.

1-      ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ޚިދުމަތްތަކަށް، މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ https://business.egov.mv މި ލިންކް މެދުވެރިކޮށެވެ.

2-      އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަންގެ ޚިދުމަތްތަކަށް އެދި ހުށަޅާނީ https://xpat.egov.mv ، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށެވެ.

3-      މިމިނިސްޓްރީއަށް ލިޔެކިޔުމުގެ އަސްލު ހުށަހަޅަންޖެހޭ ޚިދުމަތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާއި އަދި އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަން  ސެކްޝަންގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު،  ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 15:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1500 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.  

22 މާރިޗު 2023
ހޯދާ