ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިތުރު ޒަކާތް ބަލާގަތުމާ ގުޅޭ

ފިތުރު ޒަކާތް ބަލާގަތުމާ ގުޅޭ

          1444 ވަނަ އަހަރުގެ ފިތުރު ޒަކާތް 04 ރަމަޟާން 1444 (26 މާރޗް 2023) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރިލް 2023) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރު 12:30 އާ ހަމައަށް މިއިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

ފިތުރު ޒަކާތް ބަލާގަތުމާ ގުޅޭ

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 12.00ރ
  • ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 84.00ރ
  • ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 99.00ރ
  • ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 84.00ރ
  • ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 100.00ރ
  • ބާސްމަތީ އެންމެމޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 125.00ރ
  • އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ 12.00ރ
  • އާޓާ ފުށުން ނަމަ މީހަކަށް ދައްކަންވާނީ 75.00ރ

            ފިތުރު ޒަކާތް ދެއްކެވުމަށް ވަޑައިގަންނަވާއިރު އެ ގެއަކުން ފައިސާ ދައްކަންޖެހޭ މީހުންނަށް އަދަދު ހަމަކޮށްގެން ފައިސާ ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 މާރިޗު 2023
ހޯދާ