މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި ގުޅޭ

މަސްވެރިކަމާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި ގުޅޭ

 ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު އެކި ބާވަތުގެ މަސްވެރިކަން ރާވައި، ހިންގާ ބެލެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސިލްސިލާގޮތެއްގައި މަސްވެރިކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުމަށްޓަކައި އެ މިނިސްޓްރީއިން ދަނީ ސާވޭތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ މަސްވެރިންނާއި، މަހާ މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިބެހޭ އަސާސީ މައުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ.

ވީމާ 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ދެންނެވިފައިވާ މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.

ލިންކް:  https://rb.gy/d19loq

21 މާރިޗު 2023
ހޯދާ