ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔާތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ލޯކަލް ކޮންސަލްޓެންޓެއް ހޯދުން

މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް ރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔާތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ލޯކަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2023/11 (މާރިޗް 2023) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް އަލުން ހޯދަންބޭނުންވެއްޖެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

2023 މާރޗް 21 ވާ އަންގާރަ ދުވަހުން ފެށިގެން 2023 މާރޗް 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީކުރަންވާނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. https://forms.office.com/r/NqNaBAEPdn

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓީއޯއާރު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

     

21 މާރިޗު 2023
ހޯދާ