ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގއ.ނިލަންދޫ ރަންތަރި" ޤުރުއާން މުބާރާތް 2023

"ގއ.ނިލަންދޫ ރަންތަރި" ޤުރުއާން މުބާރާތް 2023

          "ގއ.ނިލަންދޫ ރަންތަރި" ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ޤުރުއާން ކިޔެވުމަށް ކުދިންގެ ހިތްތަކުގައި ލޯބި އަށަގެންނެވުމާއި ޤައުމީ އަދި އަތޮޅު ޤުރުއާން މުބާރާތަށް ކުދިން ތައްޔާރުކުރުމަށެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އެޕްރީލް 2023 ވާ ހޮނިހިރު ދުވަހުގައެވެ.

         ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯރމް ފުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅުއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 06 އެޕްރީލް 2023 ވާ ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ފޯރމެއް ބަލައިނުގަނެވޭނެ ވާހަކަވެސް އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

        އަދި ދަންނަވަމެވެ. މުޅި މުބާރާތުގައި ބަލައިގެން ކިއުމުގެ ގޮފިންނާއި ނުބަލައި ކިޔުމުގެ ގޮފިން އެންމެ މަތިން މާކްސް ހޯދާ 03 ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން 01 ވަނައަށް ހޮވޭ ފަރާތްތަކަށް -/10000 (ދިހަހާސް) ރުފިޔާ ދިނުމަށާއި 02 ވަނައަށް ހޮވޭ ފަރާތްތަކަށް -/7500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ ދިނުމަށާއި އަދި 03 ވަނައަށް ހޮވޭ ފަރާތްތަކަށް -/5000 (ފަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިމުބާރާތުގެ ކިޔެވުމުގެ މުގައްރަރު ކަނޑައެޅިފައިވާނީ 2022 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގެ މުގައްރަރާއި، އެއްގޮތަށްކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                        28  ޝައުބާން    1444

20 މާރިޗު 2023
ހޯދާ