ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444ވަނަ އަހަރު ރަމަޟާންމަހު ތަރާވިސް ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހޯދުމުގެ ދަޢުވަތު

1444ވަނަ އަހަރު ރަމަޟާންމަހު ތަރާވިސް ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

1444ވަނަ އަހަރު ރަމަޟާންމަހު ތަރާވިސް ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 21 މާރިޗް 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.

 

 ކޯޓޭޝަނާއި ގުޅޭ މައުލޫމާތު

 

  1. މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  2. ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ. ( ރޫމްގެ ހާލަތު، ކެއުން، ދަތުރު ގެ ކަންކަން ކޮއްދެވޭނެ ގޮތް އިތުރު ލިޔުމަކުން ބަޔާން ކޮއްދިނުން )
  3. ހާފިޒު ހުރުމުގެ މުއްދަތު ( 21 މާރޗް 2023 ވަނަ ދުވަހުން ފެށިގެން 23 އޭޕްރީލް 2023 ވަނަ ދުވަހުގެ ނިޔަލައް)

ކޮޓަރީ

  1. 1 ރޫމް (ހަމަޖައްސާ ރޫމަކީ އެސީ ބޭނުން ކުރެވޭ، އެނދު، އަލަމާރި، ގޮދަނޑި އަދި އެކަށިގެންވާ ލައިޓް ހުރި ސާފްތާހިރު ރޫމެއްކަމުގައި ވުން )
  2. 1 ފާހާނަ (ރޫމާއި އެޓޭޗުކުރެވިފައި ފާހާނަ ސެޓް ހުރުން ، މުށިޖަހައި ސާފްތާހިރު ތަނެއް ކަމުގައި ވުން)
  3. ރޫމްގެ ބެޓްސީޓް ކޮންމެ ހަފްތާ އަކު ބަދަލްކުރުން އަދި ކޮންމެ ތިން ދުވަހުން 1 ދުވަހު ރޫމް ސާފްކޮށް މޮޕް އަޅައި ދިނުން
  4. ކޮންމެ ތިން ދުވަހުން 1 ދުވަހު ފާހާނަ ސާފްކޮއްދިނުން
  5. ކޮޓަރިން ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން
  6. ހާފިޡުގެ އިރުސާދުގެ ދަށުން އަންނައުނު ދޮވެ އިސްތިރި ކޮއްދިނުން

ކެއުން  

  1. 3 އިރު ކެއުން ހަމަޖައްސައި ދިނުން ( ހާރުކެއުން، ރޯދަ ވިއްލުން އަދި ރޭގަނޑު ކެއުން)
  2. ކެއުން ހުންނަން ވާނީ އެކަށީގެންވާ ރަގަޅު ފެންވަރެއްގައެވެ. އަދި ހާފިޡުގެ އިރުސާދުގެ ދަށުން ކެއުން ކުރިއަށް ގެންގޮސް ދިނުން
  3. ކާންދޭ ތަނާއި ކަންދޭ ތަކެތި ސާފްތާހިރު ކަންމަތީގައި ބެހެއްޓުން

 

ދަތުރު

  1. ހާފިޡު ކައްދޫއިން ކުނަހަންދޫއަށް ގެނައުމާއި އަނބުރާ ކުނަހަންދޫ އިން ކައްދޫއަށް ގެންގޮސް ދިނުމުގެ ދަތުރު ހަރަދު ކޮއްދިނުން.
  2. ދަތުރު ކުރަންވާނީ އެކަށީގެންވާ ސަލާމަތީ ކަންކަން ރަގަޅު ސްޕީޑް ލޯންޗުގައެވެ. (މަތި ހިޔާނުކޮއް ހުންނަ އާދައިގެ ޑިންގީ ތަކުގައި ދަތުރު ނުކުރުން)

 

އިތުރު މައުލޫމާތު

  1.  

ކޯޓޭޝަން ކާމިޔާބު ކުރާ ފަރާތް ކަޑައެޅުން  (ޕޮއިންޓް ދިނުން)

 

 

 

 

 

1.

އަގު

ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)

%85

Summited price /benchmark price x allocated percentage

2.

ފެންވަރު

ކޮޓަރި، ކެއުން، ދަތުރު ކުރާ އުޅަނދު

 

Summited price /benchmark price x allocated percentage

 

ހުށައަޅަން ޖެހޭ ތަކެތި

  1. ކޯޓޭޝަން ( ރޫމްގެ ހާލަތު ، ކެއުން، ދަތުރުގެ ކަންކަން ކޮއްދެވޭނެ ގޮތް އިތުރު ލިޔުމަކުން ބަޔާން ކޮއްދިނުން )  
  2. ހުށަހަޅާ ފަރާތުގެ ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.
  3. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ލިޔުން.

 

           އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 21މާރިޗް 2023 ވަނަ ދުވަހުގެ 13:20ގެ ކުރިން (ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު 14:00 (އާއި ދެމެދު ކައުންސިލްގެ ނަމްބަރު 9995970އަށެވެ.

19 މާރިޗު 2023
ހޯދާ