މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު – 2020

1-ތައާރަފް

(ހ) މިއީ، ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި އޭދަފުށިން ދޫކުރުމުގައި ބޭނުންކުރާނޭ އުޞޫލެވެ.

(ށ) މިއުޞޫލުތައް އެކުލަވާލެވިފައި މިވަނީ، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އެކުލަވާ ލައްވާފައިވާ " ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާއިދު" ގެ ދަށުންނެވެ.

(ނ) މިއުޞޫލަށް ކިޔާނީ، " ބ. އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2020 " އެވެ.

2- ގޯތި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުތައް:

(ހ) ގޯތި ދޫކުރުމަށް އިޢްލާން ކުރުމުން ގޯއްޗަށްއެދި ހުށަހަޅާނީ، އެކަމަށްޓަކައި ކަނޑައެޅިފައިވާ ފޯމަކުންނެވެ. މި ދެންނެވި ފޯމު ރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކައުންސިލްގެ ވެބް ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

(ށ) ގޯއްޗަށްއެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ، ބިމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ގޮތުގެމަތީން ގޯތި ދޫކުރާކަން ރަށު ކައުންސިލް އިދާރާގެ ފަރާތުން އިޢްލާން ކުރުމުން، އެއިޢްލާންގައި ކަނޑައެޅިިފައިވާ ތާރީޚެއްގެ ނިޔަލަށެވެ.

(ނ) ގޯއްޗަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީވެސް ގޯތި ދޫކުރާކަން ރަށު ކައުންސިލް އިދާރާގެ ފަރާތުން އިޢްލާން ކުރުމުން، އެއިޢްލާނުގައި ކަނޑައެޅިފައިވާ ތާރީޚެއްގެ ނިޔަލަށެވެ.

(ރ) ގޯއްޗަށްއެދޭ ފޯމު ހުށަހެޅުމަށް ޙާޟިރުވާނީ، ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާ ފޯމު ހުށަހެޅުމަށްއެދި ލިޔުމުން ބާރު ދީފައިވާ ފަރާތެކެވެ.

(ބ) ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންވާނެއެވެ.

      * ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ އަޞްލާއި އެއްގޮތްކަން އަންގައިދޭ  ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ. ކާޑު ނެތްނަމަ މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމުގެ އަޞްލާއި އެއްގޮތްކަމުގެ ކޮޕީ

      * ގޯއްޗަށްއެދޭ ފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ

      * ގޯއްޗަށް އެދޭ މީހާގެ އަނބި/ ފިރި މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ އަޞްލާއި އެއްގޮތްކަން އަންގައިދޭ  ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ

 

      * ކައިވެނީގެ ސެޓްފިކެޓްގެ އަޞްލު ނުވަތަ އަޞްލާއި އެއްގޮތްކަން އަންގައިދޭ ސެޓްފިކެޓްގެ ފޮޓޯކޮޕީ

      * ގޯއްޗަށްއެދި ހުށަހަޅާ ފަރާތާއި އަދި އަނބި/ ފިރިމީހާގެ އުފަންދަރިން ތިބިނަމަ އެކުދިންގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ. ކާޑު ނެތްނަމަ މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމުގެ ކޮޕީ

* ގޯއްޗަށްއެދި ހުށަހަޅާ ފަރާތާއި އަދި އަނބި/ ފިރިމީހާގެ އުފަންދަރިން ތިބިނަމަ އެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ

* އުފަން ދަރިން ފިޔަވާ ޝަރުއީގޮތުން ކޯޓް މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު ނުވަތަ 01 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޯޓުން ނިންމިގޮތް އަންގައިދޭފަދަ ލިޔުމުގެ ކޮޕީ

* ގޯއްޗަށްއެދި ހުށަހަޅާ ފޯމުގެ 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާ ނަމަ ނުވަތަ ތަރިކައިން އެފަދަ ބިމެއް ލިބެންއޮތްނަމަ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން އެފަދަ ބިމެއް ދޫކޮށްލާނެކަމަށް ގޯއްޗަށްއެދޭ ފަރާތުން އިޤްރާރުވެ އުޞޫލުގެ އެނެކްސް 3 ގައި ބަޔާން ކުރެވިފައިވާ ލިޔުން ފުރިހަމަކުރުމަށްފަހު އެލިޔުމުގެ އަޞްލު

* ގެދޮރު ނެތި މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާ ނަމަ އެކަން ދޭހަވާފަދަ ލިޔުން (މިލިޔުމުގައި ދެހެކިންގެ ހެކިބަހާއެކު މަންމަ/ ބައްޕަގެ ސޮއި ފުރިހަމަ ކޮށްފައި އޮންނަންވާނެ) އަދި ލިޔުމާއެކު ހެކިވެރިންގެ އައި.ޑީ. ކާޑުގެ ފޮޓޯކޮޕީ

* ގޯއްޗަށްއެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ. ކާޑު ނެތްނަމަ މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމުގެ ކޮޕީ

      * ރަށުގައި މެދުނުކެޑި ދިރިއުޅުނު މުއްދަތުގެ ތެރޭގައި ކިޔަވަން، ބޭސްފަރުވާއަކަށް ނުވަތަ ވަޒީފާ އަދާކުރުމަށް ރަށުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން 06 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅެފައިވާ ނަމަ، އެކަން ސާބިތު ކޮށްދިނުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ، ނުވަތަ ތަޢްލީމް ޙާޞިލްކުރާކަން އަންގައިދޭ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާ އަދާކުރާކަމުގެ ލިޔުން

      * ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ގޯއްޗަށްއެދޭ ފަރާތުގައިހުރި ނަމަ އެކުއްޖަކު ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާކަމުގެ ލިޔުމުގެ ފޮޓޯކޮޕީ

      ފޯމު ހިފައިގެން އަންނަ މީހާ ތިރީގައި މިދަންނަވާ ތަކެތި ފޯމާއެކު ގެންނަން ވާނެއެވެ.

(ޅ) ފޯމު ހިފައިގެން އަންނަނީ ގޯއްޗަށްއެދޭ މީހާ ނޫން ކަމުގައިވާނަމަ، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލާއި ދެފުށުގެ ފޮޓޯކޮޕީ

(ކ) ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަނާޅާ ނަމަ، ނުވަތަ ފޯމު ހިފައިގެން ޙާޟިރުވާ ފަރާތުން ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާ ފަރާތްތަކުގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

(އ) ފޯމު ބަލައިގަތުމަށްފަހު، ފޯމު ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. މިދެންނެވި ލިޔުމަކީ ގޯއްޗަށް އެދުނުމީހާއަށް ގޯތި ދޫކުރުމުގެ ޝަރުތުހަމަވީކަމަށް ބަލައި ދޫކުރެވޭ ލިޔުމެއް ނޫނެވެ.

3- ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ

(ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 13 (ތޭރަ) މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިދެންނެވި ކޮމިޓީގައި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ 01 މުވައްޒަފުންނާއި އާއްމުންގެ ތެރެއިން 05 (ފަހެއް) މެމްބަރުން ހިމަނަންޖެހޭނެއެވެ.

(ށ) މިދެންނެވި ކޮމިޓީގައި އާއްމުންގެ ފަރާތުން ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. މިގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 05 (ފަހެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.

(ނ) މިކޮމިޓީގެ ކޯރަމަކީ، 07 (ހައެއް) މެމްބަރުންނެވެ. މިދެންނެވި ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.

(ރ) ގޯތިލިބޭ ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ މަސައްކަތް ޤުރުއަތުލުމަށްފަހު ލަސްވެގެން 30 (ތިރީސް)ދުވަހުގެ ތެރޭގައި ފެށޭނެއެވެ.

4- ކޮމިޓީގެ މަސްއޫލިއްޔަތު:

(ހ) ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން، އޭދަފުށިން ގޯތި ދޫކުރުމުގެ އުޞޫލު އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު ގޯތި ދިނުމާއިގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ އިތުރުން ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވާ އުޞޫލުން ގޯތި ދިނުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން.

(ށ) މި އުޞޫލުގެ " އެނެކްސް 1 " ގައިވާ ގޮތުގެމަތިން ލިބިފައިވާ ޕޮއިންޓަށް ބަލައިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން.

(ނ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމިޓީގެ މެމްބަރުން، ގޯތި ދިނުމަށް ޝަރުތު ހަމަވާކަމަށް ސޮއި ކުރަންވާނެއެވެ.

(ރ) ގޯއްޗަށްއެދި ހުށަހެޅޭ ފޯމެއް ބާތިލް ކުރަންޖެހޭނަމަ، ބާތިލް ކުރަންޖެހޭ ސަބަބު ނުވަތަ ގޯތި ލިބުމަށް ޝަރުތު ފުރިހަމަ ނުވާނަމަ، ޝަރުތު ފުރިހަމަނުވި ސަބަބު، ކޮމިޓީން ކަނޑައަޅައި އެސަބަބު ފޯމުގައި ލިޔެ މެމްބަރުން ސޮއިކުރަންވާނެއެވެ.

މިގޮތުން ބާތިލް ކުރެވޭ ފަރާތްތަކުގެ ލިސްޓް ރަށު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރަންވާނެއެވެ. އަދި ރަށު ކައުންސިލް އިދާރާގެ ވެބް ސައިޓްގައި ޝާއިއު ކުރަންވާނެއެވެ.

(ބ) ޤުރުއަތުން ހޮވޭ ފަރާތްތައް، ޤުރުއަތު ނަގާ ނިމުމުން އެފަރާތްތަކުގެ ނަންތައް ރަށު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރަންވާނެއެވެ. އަދި ރަށު ކައުންސިލް އިދާރާގެ ވެބް ސައިޓްގައި ޝާއިއު ކުރަންވާނެއެވެ.

(ޅ) މި އުޞޫލުގައި ވަކިގޮތެއް ބަޔާން ކުރެވިފައިނުވާ ކަންކަން ނިންމާނީ، މިއުޞޫލާއި އަދި ބަންޑާރަ ގޯތި ދޫކުރުމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން އިޝާރާތް ކުރެވިފައިވާ ކޮމިޓީންނެވެ.

5- ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު

  •  މިބުރުގައި އޭދަފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް ފާހަގަކޮށް އެކަން އޮޅުންފިލާނެ ގޮތުގެ ޗާޓެއް ރަށު ކައުންސިލް އިދާރާގެ ފަރާތުން އާއްމު ކުރަންވާނެއެވެ.

6- ގޯތި ދޫކުރާ އަދަދާއި ބޮޑުމިން:

  • މިބުރުގައި އޭދަފުށިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1400 އަކަފޫޓްގެ 158 ގޯއްޗެވެ.

7- ގޯއްޗަށްއެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް

  • ގޯތި ދިނުމުގައި ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން.

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން

(ޅ) އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ގޯއްޗެއްލިބި، ނުވަތަ އޮވެ، އެގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް،  އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.

8- ގޯތި ދިނުމަށް ޝަރުތު ހަމަވާކަން ކަނޑައެޅުން:

  • ގޯތި ދިނުމުގައި ޝަރުތު ހަމަވާކަމަށް ކަނޑައެޅުމުގައި އަމަލުކުރާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތީންނެވެ.

(ހ) މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ގޯތި ދިނުމުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ އުޞޫލުން ގޯތީގެ ޙައްޤުވެރިން ކަނޑައެޅުމުގައި މިއުޞޫލުގެ " އެނެކްސް 1" ގައިވާ މިންގަޑުތަކުގެމަތިން ޕޮއިންޓްލިބޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

(ށ) ބަޔާން ކުރެވިފައިވާ އުޞޫލުން އެންމެމަތީ ޕޮއިންޓް ލިބިފައިވާ ފަރާތްތައް، ގޯތި ދިނުމުގެ ޤުރުއަތަށް ނެގޭނެއެވެ.

(ނ) ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ ޕޮއިންޓްގެ ގޮތުން ޝަރުތު ހަމަވާ ފަރާތްތައް އިތުރުވެފައިވާ ނަމަ، އެފަރާތްތަކުގެ މެދުގައި ޤުރުއަތު ނަގާނީއެވެ.

(ރ) ޤުރުއަތުގައި ބައިވެރިވާނީ ގޯއްޗަށްއެދޭ މީހާގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަަށް ލިޔުމުން ބާރުދީފައިވާ ފަރާތެވެ.

(ބ) ޤުރުއަތުލުން ކުރިޔަށް ގެންދާނީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަށް ލިޔުމުން ބާރު ދީފައިވާ ފަރާތްތަކުގެ މެދުގައެވެ.

(ޅ) ޤުރުއަތު ނެގުމަށް ކަނޑައެޅޭ ފޮށި ހުންނަންވާނީ، އެތެރެ ފެންނަ ގޮތަށެވެ.

 

 

 

 

 

 

 

 

 

 

 

 

އެނެކްސް – 1

1-    ކައިވެނީގެ ބައި

 

ހ

މީހަކާ އިނދެގެން ހުރިނަމަ

20 ޕޮއިންޓް

ށ

ފިރި/ އަނބި ނިޔާވެ ހުވަފަތް ވެފައި 01 ނުވަތަ 02 ކުދިން ތިބި ނަމަ

15 ޕޮއިންޓް

ނ

ފިރި/ އަނބި ނިޔާވެ ހުވަފަތް ވެފައި 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ

20 ޕޮއިންޓް

ރ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް 01 ނުވަތަ 02 ކުދިން ތިބި ނަމަ

10 ޕޮއިންޓް

ބ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި ނަމަ

15 ޕޮއިންޓް

ޅ

ކައިވެންޏަށް 01 (އެކެއް) އަހަރު ވެފައިވާނަމަ، 01 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 06 ޕޮއިންޓެވެ)

01 ޕޮއިންޓް

 

2-    ޢުމުރުގެ ބައި

 

ހ

ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދު

05 ޕޮއިންޓް

ށ

ޢުމުރުން 25 އަހަރުން މަތި

07 ޕޮއިންޓް

 

3-    ދަރިންގެ ބައި

 

ހ

18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ

06 ޕޮއިންޓް

ށ

18 އަހަރުންދަށުގެ 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް 05 ޕޮއިންޓް (މިބައިން ގިނަވެގެންދެވޭނީ 20 ޕޮއިންޓެވެ)

05 ޕޮއިންޓް

ނ

18 އަހަރާ 21 އަހަރާ ދެމެދުގެ(ކައިވެނި ނުކޮށް މަންމަ ނުވަތަ ބައްޕަގެ ބެލުމުގެ ދަށުގައި) ދަރިއަކު ހުރިނަމަ

03 ޕޮއިންޓް

ރ

18 އަހަރާ 21 އަހަރާ ދެމެދުގެ (ކައިވެނި ނުކޮށް މަންމަ ނުވަތަ ބައްޕަގެ ބެލުމުގެ ދަށުގައި) 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް 02 ޕޮއިންޓް (މިބައިން ގިނަވެގެންދެވޭނީ 10 ޕޮއިންޓެވެ)

02 ޕޮއިންޓް

ބ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ

04 ޕޮއިންޓް

ޅ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް (ގިނަވެގެންދެވޭނީ 08 ޕޮއިންޓެވެ)

04 ޕޮއިންޓް

 

4-    މައިން ބަފައިންގެ ބައި

 

ހ

މަންމަ ބަލަމުންގެންދާ ނަމަ

03 ޕޮއިންޓް

ށ

ބައްޕަ ބަލަމުންގެންދާ ނަމަ

03 ޕޮއިންޓް

ނ

މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާ ނަމަ

02 ޕޮއިންޓް

 

5-    ރަށްވެހިކަމުގެ ބައި

 

ހ

ރަށުގެ ރަށްވެއްސެއް ކަމުގައިވާ ނަމަ

20 ޕޮއިންޓް

ށ

ރަށުގައި ދިރިއުޅޭ ނަމަ

10 ޕޮއިންޓް

ނ

ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް، އޭދަފުށީގައި ރަށްވެހިވެފައިވާ ނަމަ

15 ޕޮއިންޓް

 

 

 

 

 

 

 

 

 

 

 

 

 

 

 

އެނެކްސް – 2

 

ހ

ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދުނު ފަރާތް ކަމުގައިވާ ނަމަ، 10 ޕޮއިންޓް އުނިކުރެވޭނެއެވެ،

 

10 ޕޮއިންޓް

ށ

ގޯއްޗަށް އެދިފައިވާ ފަރާތުގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދުނު ފަރާތް ކަމުގައިވާ ނަމަ، 10 ޕޮއިންޓް އުނިކުރެވޭނެއެވެ،

 

10 ޕޮއިންޓް

ނ

ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު 01 ގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 05 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ)

 

05 ޕޮއިންޓް

 

ރ

ގޯއްޗަށް އެދިފައިވާ ފަރާތުގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު 01 ގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 05 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ)

 

05 ޕޮއިންޓް

ބ

ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި ގޯއްޗެއް އަދި ބައްޕަގެ ނަމުގައިވެސް ގޯއްޗެއް (600 އަކަފޫޓަށްވުރެ ބޮޑު) ވަކިވަކިން ރަޖިސްޓްރީ ކޮށްފައިވާ ނަމަ 05 ޕޮއިންޓް ކެނޑޭނެއެވެ.

 

05 ޕޮއިންޓް

(ޅ)

ގޯއްޗަށް އެދިފައިވާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާ ނުވަތަ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ ނަމުގައި ނުވަތަ ސަރުކާރުން ދޫކުރާ ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ރަޖިސްޓްރީ ކުރެވިފައިވާނަމަ (600 އަކަފޫޓަށްވުރެ ބޮޑު) 30 ޕޮއިންޓް ކެނޑޭނެއެވެ.

 

30 ޕޮއިންޓް

 

 

 

 

 

 

 

އެނެކްސް –3

 

 

 

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ

އޭދަފުށި، ދިވެހިރާއްޖެ

Secretariat of the South Maalhosmadulu Eydhafushi Council

Eydhafushi ,  Rep.Of, Maldives

 

އިޤްރާރު

                  އެއްވެސް ފަރާތަކަށް ދައުލަތުގެ ދެ ބޯހިޔާވަހިކަން ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި، ބ. އޭދަފުށީ ކައުންސިލް އިދާރާގެ ނަންބަރު: ....................................................... އިޢްލާނުގެ ދަށުން ގޯއްޗަށްއެދި ކުރިމަތިލެވޭނީ، ތަރިކައިން ލިބެން އޮތް ބައި ދޫކޮށްލުމަށް އެއްބަސްވުމުންކަމަށް ޝަރުތުކޮށްފައިވާތީ، ބ. އޭދަފުށީ ކައުންސިލް އިދާރާގެ ނަންބަރު: .................................................... އިޢްލާނުގެ ދަށުން ގޯތިލިބޭ މީހުންގެ ތެރޭގައި ހިމެނި އަޅުގަޑަށް ގޯއްޗެއް ލިބިއްޖެނަމަ، އަޅުގަޑުގެ މަންމަ (..........................................................) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ( .................................... ) އެވެ ކިޔާ ގޯތިން އަޅުގަޑަށް ތަރިކައިން ލިބެން އޮތް ބަޔާއި ބައްޕަ ( ............................................  ) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ( .................................. ) އެވެ ކިޔާ ގޯތިން އަޅުގަޑަށް ތަރިކައިން ލިބެން އޮތްބަޔާއި އަދި އެހެންވެސް ގޯއްޗަކުން ތަރިކައިން ބައެއް ލިބެން އޮތްނަމަ އެބައެއްވެސް ދޫކޮށްލައިފީމެވެ. އަދި މިބިންކޮޅާއި ގުޅޭގޮތުން ދައުލަތުގެ މައްޗަށް ނުވަތަ އެނޫންވެސް ފަރާތެއްގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރާނެކަމަށް އަޅުގަޑު އެއްބަސްވަމެވެ.

                     މިއިޤްރާރުގައި އަޅުގަޑު ސޮއި މިކުރަނީ، ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލުމަށްކުރާ ޝަރުތު ޤަބޫލުކޮށް، މިއިޤްރާރުގައި ސޮއި ކުރުމަށްފަހު އަޅުގަޑު އިޤްރާރުވެފައިވާ އެއްވެސް ކަމަކާ އެއްބަސްނުވެއްޖެނަމަ އަޅުގަޑަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަތުލާނެކަން އެނގޭ ޙާލު އެކަމަށް އެއްވެސް އިޢްތިރާޟް ކުރުމެއްނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް މަޖުބޫރުކަމެއްނެތި، ހަމަބުއްދި ސަލާމަތުންހުރެ، ތިރީގައިއެވާ ފަރާތް ހެކިކޮށް އެފަރާތުގެ ޙާޟިރުގައެވެ.

 

އިޤްރާރުވާ ފަރާތުގެ:

ނަން:

ދާއިމީ އެޑްރެސް:

އައި.ޑީ.ކާޑު. ނަންބަރު:

ސޮއި:

އިނގިލީގެ ނިޝާން:

 

ހެކިން:

ނަން:

ދާއިމީ އެޑްރެސް:

އައި.ޑީ.ކާޑު. ނަންބަރު:

ސޮއި:

އިނގިލީގެ ނިޝާން:

 

 

އިތުރު ތަފްޞީލް

  • ނަންބަރު 01 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ، ގޯތި ދޫކުރުމަށް އިޢްލާންކުރި ތާރީޚާއި ހަމައަށެވެ. އަދި އަނބި ފިރި މަރުވެ ހުވަފަތްވުމުގެ ޙާލަތު ބަލާނީ، ފޯމު ހުށަހަޅާ ތާރީޚާއި ހަމައަށެވެ. (މިބަޔަށް މާރކްސް ދޭއިރު މަންމަ ދަރިން ބަލަމުގެންދާ ނަމަވެސް ކުދިންގެ ބައްޕަ ކުދިންނަށް ޚަރަދު ކުރަމުންގެންދާކަމުގެ ޝަރުއީ ލިޔުން، ކުދިންގެ ބައްޕަ ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅައިފިނަމަ މިބައިން އެދެފަރާތަށްވެސް މާރކްސް ލިބޭނެއެވެ. އަދި ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ވަރި/ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. މީގެ އިތުރުން ކައިވެނީގެ މުއްދަތު ގުނުމުގައި ކައިވެނި ރުޖޫއަ ކުރެވިފައިވާނަމަ ކައިވެނި ކުރި ތާރީޚް ގުނަންފަށާނީ އަލަށް އެދެމަފިރިން ކައިވެނިކޮށްފައިވާ ތާރީޚުން ފެށިގެންނެވެ.
  • ނަންބަރު 02 ގައިވާ ޢުމުރުގެ ބައި ބަލާނީ، ގޯތި ދޫކުރުމަށްކުރި އިޢްލާންގެ މުއްދަތު ހަމަވާ ތާރީޚާއި ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ، ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ، އެފަރާތުގެ އައި.ޑީ. ކާޑަށް ބަލައިގެންނެވެ.
  • ނަންބަރު 03 ގެ (ށ) ގައިވާ ކުދިންގެ އަދަދަށް މާރކްސް ދިނުމުގައި 18 އަހަރުން ދަށުގެ 04 ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް މިބަޔަށް ދެވޭނީ ޖުމްލަ 20 ޕޮއިންޓެވެ. އަދި 18 އަހަރާ 21 އަހަރާ ދެމެދުގެ(ކައިވެނި ނުކޮށް މަންމަ ނުވަތަ ބައްޕަގެ ބެލުމުގެ ދަށުގައި) 05 ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް މިބަޔަށް ދެވޭނީ ޖުމްލަ 10 ޕޮއިންޓެވެ. މީގެ އިތުރުން މިބަޔަށް ޕޮއިންޓް ދޭއިރު، މަންމަ ދަރިން ބަލަމުންގެންދާ ނަމަވެސް ކުދިންގެ ބައްޕަ ކުދިންނަށް ޚަރަދު ކުރަމުންގެންދާކަމުގެ ޝަރުއީ ލިޔުން ކުދިންގެ ބައްޕަ ގޯއްޗަށްއެދި ހުށަހަޅާފޯމާއެކު ހުށަހަޅައިފިނަމަ، މިބައިން އެދެފަރާތަށްވެސް މާރކްސް ދެވޭނެއެވެ. ކުދިންނަށް ޚަރަދުކޮށް ކުދިން ބަލަމުންގެންދަނީ މަންމަ/ ބައްޕަ ނުވަތަ އެދެމީހުންގެ ފަރާތުން ބަލަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، މިބައިން އެއިން އެއްވެސް ފަރާތަކަށް މާރކްސްއެއް ނުލިބޭނެއެވެ. މިބައިން މާރކްސް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މާރކްސް ދެވޭނީ އެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި އަދި އެކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ދަފްތަރުގައި ލިސްޓް ކުރެވިފައިވާ ކުއްޖަކު ކަމުގައިވާނަމަ  އެކަން އަންގައިދޭފަދަ ލިޔުމުގެ ކޮޕީއެއް ހުށަހެޅުމުންނެވެ. ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަމަށް ބަލާނީ ގޯތި ދޫކުރުމަށް އިޢްލާންކުރި ތާރީޚާއި ހަމައަށެވެ.  
  • ނަންބަރު 04 ގައިވާ މައިން ބަފައިންގެ ބަޔަށް މާރކްސް ލިބޭނީ، މަންމަ ނުވަތަ ބައްޕައަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލަ ޙާލަތަށް ނޫޅެވޭ ފަދަ މީހަކަށްވެފައި އެދެމީހުންގެ ނުވަތަ އެދެމީހުންކުރެ މީހެއްގެ ގޯއްޗެއްނެތި، އެއިން މީހަކު ގޯއްޗަށްއެދޭ މީހާގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަލަމުންގެންދާ ނަމައެވެ. އަދި މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާ ނަމައެވެ.
  • ޝަރުޢީގޮތުން ބަލަންޖެހޭ މީހަކު ބަލަމުންގެންދާކަމަށް ބެލެވޭނީ، އެމީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭފަދަ މީހަކަށްވެފައި، އެމީހެއްގެ ގޯއްޗެއްނެތި ގޯއްޗަށްއެދޭ މީހާގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީގޮތުން ބަލަންޖެހޭ މީހެއް ބަލަމުންގެންދާ ނަމަ، މާރކްސް ލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުއީ ލިޔުމެއް ގޯއްޗެއްއެދި ހުށަހަޅާ ފަރާތުން ހުށަހެޅުމުންނެވެ.
  • ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތުތަކަށް އައިސްފައިވާ އުނި އިތުރު ބަލާނީ، ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ. އަދި ފޯމު ހުށަހަޅާފަހުން އިޢްލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން

ކުއްޖަކު އުފަންވެ ނުވަތަ ނިޔާވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، މާރކްސް ދިނުމުގައި ކޮމިޓީން އެކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

  • ނަންބަރު 5 ގެ (ށ) ގައިވާ ބަޔަށް މާރކްސް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުން ރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތްތަކުން ހުށަހަޅާފައިވާނަމައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ތަޢްލީމް ޙާޞިލް ކުރުމަށް ނުވަތަ ބޭސްފަރުވާގެ ބޭނުމަކަށް ނުވަތަ ވަޒީފާ އަދާކުރުމަށް 06 (ހައެއް) މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމުގައިވާ ނަމަ، އެކަން ސާބިތު ކުރުމަށް ބޭސްފަރުވާކުރާ ކަމުގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢްލީމް ޙާޞިލް ކުރަމުންގެދާކަމުގެ ލިޔުން ނުވަތަ ވަޒީފާ އަދާކުރާކަމުގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާ ނަމައެވެ. 06 (ހައެއް) މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެެވެ.

ގޯތި ލިބޭ ގޮތް:

  • ގޯތި ލިބެންޖެހޭ މީހުން ހޮވާނީ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. މިގޮތުން މިބުރުގައި  ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްމިންވަރަކަށް މާރކްސް ލިބިފައިވާ ފަރާތްތައް 01 އަށްވުރެ ގިނަ އެގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ޤުރުއަތު ލައިގެންނެވެ.
  • މާރކްސްލިބޭ މިންވަރަށް ބަލައި، އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިއަކު ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެތެރެއިން އެންމެ މަތިން މާރކްސްލިބޭ ފަރާތަކަށެވެ. މާރކްސްގެގޮތުން ދެމަފިރިން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ ދެމަފިރިންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމަފިރިންގެ މެދުގައި ވާހަކަ ދައްކައިގެން ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށްލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް ދެމަފިރިންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ، ގޯތި ދިނުމުގެ ކަންކަން ވިލަރެސް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގެ ޙާޟިރުގައި އެދެމަފިރިންގެ މެދުގައި ޤުރުއަތު ނަގައިގެންނެވެ.

؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛

ނޯޓް: މިއީ 16 މާރިޗު 2023 ވަނަ ދުވަހު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ 04 ވަނަ ދައުރުގެ 90 ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ އުޞޫލެކެވެ. އުސޫލަށް ބަދަލު އައިސްފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

 

.3     (ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 13 (ތޭރަ) މެމްބަރުންގެ މައްޗައް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިދެންނެވި ކޮމިޓީގައި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ 1 މުވައްޒަފާއި އާއްމުންގެ ތެރެއިން 05 (ފަހެއް) މެމްބަރުން ހިމަނަންޖެހޭނެއެވެ.

     (ނ) މިކޮމިޓީގެ ކޯރަމަކީ، 07 (ހަތެއް) މެމްބަރުންނެވެ. މިދެންނެވި ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.

20 މާރިޗު 2023
ހޯދާ