މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވޭޖް ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

އިޢުލާނު

މިސްކިތު ވޭޖް ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

 

 

 

 

މިރަށުގެ މިސްކިތްތަކުގެ ކައުންސިލް އެސިސްޓެންޓްގެ މަސައްކަތް ކުރުމަށް 6 މަސްދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

2 (ދޭއް) (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 6 މަސްދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. މިލަންދޫ މިސްކިތްތައް / ށ. މިލަންދޫ ކައުންސިލް އިދާރަ

މުސާރަ:

މަސައްކަތްކުރާ ގަޑިއަކަށް 46.00 (ރުފިޔާ)

މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު:

ދުވާލަކު 5 ގަޑިއިރު ހަފުތާގެ 7 ދުވަސް

މަޤާމުގެ ޝަރުތުތަށް:

ލިޔަން ކިޔަން އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތު އެތެރެ ކުނިކަހައި މޮއްޕުލުން
  2. ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ވުޟޫކުރާތަނާއި ފާޚާނާތަށް ސާފުކޮށް ބެލެހެއްޓުން
  3. ކައުންސިލުން ކަނޑައަޅާ ތާވަލާކާއި އެއްގޮތަށް މިސްކިތު ގޯތިތެރެއާއި މިސްކިތާއި އިންވެގެންވާ މަގުފަޅިތަށް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
  4. ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތުގެ ދޮރުތަކާއި ޖާލިތަކާއި ފެންލައިޓްތަކާއި ފަންކާތައް އަދި ދޮރުތަކާއި އެހެނިހެން ތަންތަނުގައިވާ ބިއްލޫރިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  5. ކަނޑައެޅިފައިވާ ވަގުތުތަކުގައި މިސްކިތުގެ ލައިޓުތައް ދިއްލައި ފަންކާތައް ޖައްސައި، ކަނޑައެޅިފައިވާ ވަގުތަށް ނިއްވުން
  6. ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް މިސްކިތު ވުޅުދިޔަ ހިއްކައި ސާފުކުރުން.
  7. މިސްކިތު ގޯތިތެރޭގައިވާ ކޮށަންޖެހޭ ގަސްތައް ކޮށައި ކުނިތައް އުކުމާއި ފެންދީ ހައްދައި ބަލަހައްޓަންޖެހޭ ގަސްތައް ބެލެހެއްޓުން
  8. މިސްކިތުގައި ކުރަންޖެހޭ ކުދިމަރާމާތުތައް ކުރުމަށް ބޭނުންވާ ސާމާނު ކައުންސިލުން ހޯދައި ކައުންސިލުން އަންގާ ގޮތެއްގެ މަތީން އެ މަރާމަތުތައްކުރުން
  9. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަޞޭހަތް ދިނުމާއި މިބާވަތިގެ އެހެނިހެން ކަންކަމާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން
  10. ފަރުޟު ފަސް ނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  11. މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއިއެކު ތަކެތި ބެލެހެއްޓުން

 

ވީމާ، ވޭޖުޕޫލުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 14.00ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއިއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6540063 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

16 މާރިޗު 2023
ހޯދާ