މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑެވެލޮޕްމަންޓްގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ކޮންސަލްޓަންޓުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

 

1.     ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕޭޓް

2.     ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޓްރޭނަރ

3.     ވެބް، ގްރެފިކްސް ޑިޒައިނިންގް، ޝޯޓް ވީޑިއޯ ޕްރޮޑަކްޝަން އެންޑް ސޯޝަލް މީޑިއާ ސްޕެޝަލިސްޓް

މި މަގާމުތަކުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ކޮންސަލްޓަންޓް މެނޭޖްމަންޓް ޕޯޓަލްއިން https://cms.adb.org/ އާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ،
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 މި މަގާމުތަކަށް ކަނޑައަޅާފައިވާ އަގު:

މި މަޤާމްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ޓީ.އޯ.އާރގައި ކަނޑައަޅާފައިވާ ޑެލިވަރަބަލްސް ނިންމާ މިންވަރަށް ބަލައި ޕޭމަންޓަ ޝެޑިއުލް އާއި އެއްގޮތަށެވެ.  އަދި މަސައްކަތަށް ދެވޭ ޖުމްލަ އަގު ތިރީގައި އެވަނީއެވެ.

ނަންބަރު

މަޤާމުގެ ނަން

ބޭނުންވާ ޢަދަދު

   ޖުމަލް އަގު (ރުފިޔާ)

01

ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕޭޓް

1

360,000

02

ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޓްރޭނަރ

1

360,000

03

ވެބް، ގްރެފިކްސް ޑިޒައިނިންގް، ޝޯޓް ވީޑިއޯ ޕްރޮޑަކްޝަން އެންޑް ސޯޝަލް މީޑިއާ ސްޕެޝަލިސްޓް

1

456,000

މަޢުލޫމާތު

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މަގާމުތަކުގެ މައިގަނޑު ސްކޯޕް، އަދި ޑެލިވަރަބަލްސްއާއި ގުޅޭގޮތުން މަޢުލާމު ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 20 މާރިޗު 2023 ވަނަ ދުވަގެ 12:00 ސުންމިނެޓްގެ ކުރިން ތިރީގައިވާ ލިންކު ބޭނުންކޮށްގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/tN3n99as14

ނޯޓް: މި މަޢުލޫމާތު ސެޝަންގައި ބައިވެރިވާ އެއްވެސް ކެންޑިޑޭޓެއް ހުށަހަޅާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގެ އިވެލުއޭޝަން މަރުހަލާއަށް  މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެއެވެ.

 

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް ކުރެއްވުމަށް:

އީމެއިލް: [email protected]

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 ފޯނު ނަންބަރު: 3018300

16 މާރިޗު 2023
ހޯދާ