ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު މަސްމާރުކޭޓުގެ ކުދިމަރާމާތުގެ މަސައްކަތްކޮށް މަސްމާރުކޭޓާއި މަސްމާރުކޭޓުގެ ވަށައިގެންވާ ސަރަޙައްދު ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް: 15 މާރޗް 2023

ނަންބަރ: (IUL)327-C/327/2023/91

ޅ.ނައިފަރު މަސްމާރުކޭޓުގެ ކުދިމަރާމާތުގެ މަސައްކަތްކޮށް މަސްމާރުކޭޓާއި މަސްމާރުކޭޓުގެ ވަށައިގެންވާ ސަރަޙައްދު ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ޅ.ނައިފަރު މަސްމާރުކޭޓުގެ ކުދިމަރާމާތުގެ މަސައްކަތްކޮށް މަސްމާރުކޭޓާއި މަސްމާރުކޭޓުގެ ވަށައިގެންވާ ސަރަޙައްދު ސާފުތާހިރުކޮށް ބަލަހައްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުން                   

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

15 މާރޗް 2023 އިން 23 މާރޗް 2023 (13:00) އަށް

މަޢުލޫމާތު ސާފުކުރުން:

15 މާރޗް 2023 އިން 23 މާރޗް 2023 (13:00) އަށް

ގުޅޭނެ ނަންބަރ:

6620068

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7790661 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

ބީލަން ހުށަހެޅުން                                         

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

26 މާރޗް 2023 އާދީއްތަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި " ޅ.ނައިފަރު މަސްމާރުކޭޓުގެ ކުދިމަރާމާތުގެ މަސައްކަތްކޮށް މަސްމާރުކޭޓާއި މަސްމާރުކޭޓުގެ ވަށައިގެންވާ ސަރަޙައްދު ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

15 މާރިޗު 2023
ހޯދާ