ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ލިސްޓް އެކުލަވާލުން:

ލޭ އަޅާ ކުދިންގެ ގޮތުގައި ރަޖިސްޓްރީކޮށް ރަށުގައި ދިރިއުޅެމުންދާ ކުދިންނަށް ފަސޭހައިން ލޭ ހޯދާ ދިނުމުގެ ގޮތުން ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ލޭހަދިޔާކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދާ އެކުލަވާލުމަށް މި ކައުންސިލުން ބޭނުންވެއެވެ. ވީމާ ބާރަށުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން ލޭ ހަދިޔާކުރާ ފަރާތްތަކުގެ މައުލޫމާތު ރަސްމީ ގަޑީގައި މި އިދާރާގެ ފޯން: 6500016 އާއި ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް ދަންނަވަމެވެ. ނުވަތަ މި އިދާރާގެ ވައިބަރ ނަންބަރު 7930016 މި ނަންބަރަށް މެސެޖް ފޮނުއްވުމަށް ދަންނަވަމެވެ. މެސެޖްގައި އެފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާރޑް ނަންބަރު އަދި ގުޅޭނެ ނަންބަރު ހިމެނުމަށް ދަންނަވަމެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                  23 ޝަޢުބާން 1444

                  15 މާރިޗް  2023

15 މާރިޗު 2023
ހޯދާ