ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހޯލްގެ ފަންކާ ބަދަލުކުރުން (ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު)

ސްކޫލްހޯލްގެ ފަންކާ ބަދަލުކުރުން

ސްކޫލް ހޯލްގައި ހަރުކޮށްފައިވާ ފަންކާތަކުގެ ތެރެއިން ފަންކާތައް ބައުވުމުގެ ސަބަބުން ބަދަލުކުރަންޖެހޭ ފަންކާ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއެވެ.

މި މަސައްކަތަށް ބޭނުންވާ ފަންކާ ފޯރުކޮއްދޭނީ ސްކޫލުންނެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ

ހެނދުނު 9:00 ށް ސްކޫލް އޮފީހަށް ދުރުވެ އަގު ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1- ކޮންމެ ފަންކާއެއް ބަދަލުކުރުމަށް ޖެހޭ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ

ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

14 މާރިޗު 2023
ހޯދާ