އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް

އިޢުލާން

އއ.ފެރިދޫ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް 1444

"އއ.ފެރިދޫ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް 1444"، 08 އޭޕްރީލް 2023 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޤުރުއާން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، 28 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވ.    

13 މާރިޗު 2023
ހޯދާ