ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު

2 އަހަރު (ކައުންސިލް އިން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓްސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގއ.ނިލަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ:

3100ރ ( ތިންހާސް އެއްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:

1000ރ  ( އެއްހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 1 ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ.
  • މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި މަހަކު 1917.00 ރުފިޔާ.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރުން.
  2. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން، ރީޔޫސެބަލް އަދި ރީސައިކަލް ކުރެވިދާނެ ކުނި ބައިބަޔަށް ބައިކޮށް ބަހައްޓަންޖެހޭ ތަންތާގައި ތަރުތީބުން ބެހެއްޓުން.
  3. ކުނި ގޮނޑުގައި ބޭނުންކުރާ ވަސީލަތްތަށް ފަރުވާތެރިކަމާއެކު ބަލަހައްޓައި ކައުންސިލުން ހަވާލުކުރާ ޓޫލްސް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ގޭގެއިން ޑަސްބިން ކުނި އަދި ރިސޯޓްކުނި އުފުލާ ހެދުމުގެ މަސައްކަތުގައި ކައުންސިލުން އެދިއްޖެ ހާލަތެއްގައި ބައިވެރިވެ އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުން.
    1. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
    2. ކައުންސިލުން ފާސްކުރާ ނިންމުންތަށް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތަށް ތަންފީޒްކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތަށް ސެކެޓްރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

 

  • ސްކްރީނިން މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ލިޔަން ކިޔަން އެގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 05 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުޠު ހަމަވުން 50 ޕޮއިންޓް
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5 ޕޮއިންޓް

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5 ޕޮއިންޓް

  • އިންޓަރވިއު 40 ޕޮއިންޓް
  •  

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ގއ.ނިލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވ

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށްޓަކާ ބާއްވާ އިންޓަރވިއު އޮންނާނީ 20 މާރޗް 2023 އާއި  23 މާރޗް 2023 އާއި ދެމެދު ކައުންސިލް އިދާރާގައެވެ.

އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000012  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

           

                 21  ޝައުބާން   1444

13 މާރިޗު 2023
ހޯދާ