ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

ޑިރެކްޓަރ

ރޭންކް

އީ.އެކްސް.1

ކްލެސިފިކޭޝަން

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

254520

އޮފީސް/ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ

8835.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން، ނުވަތަ

5. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެންދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް (އެއްރަށަށްވުރެގިނަ ރަށްރަށަށް) ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ކަމާބެހޭ ފަރާތްތަކަށް ދިނުން.
  2. އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ބޭނުންވާ ޕުލޭންތައް ހެދުން.
  3. ޢަމަލު ކުރެވެމުންދާ އަތޮޅު ތަރައްޤީގެ ޕުލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕުލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕުލޭން އެކުލަވައިލުން.
  4. ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތައް ރަށުކައުންސިލުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން.
  5. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި ފަޅު ހޯދުން.
  6. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ހޯދާ ބިންބިމާއި، ފަރާއި ފަޅު ފަދަ ތަންތަނުގައި އިންވެސްޓްކުރުމަށްޓަކައި ކައުންސިލުން ނިންމަވާގޮތެއްގެ މަތިން އިންވެސްޓަރުން ހޯދުމާއި، އިންވެސްޓްކުރުމާއި އަދި މިލްކުކުރުން.
  7. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކު ކުރުން.
  8. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ނިންމުމުން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
  9. އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.

  10. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން އެހީތެރިވެދީ މަސައްކަތްކުރުން.

  11. އިދާރީ ދާއިރާގެ ތަރައްޤީގެ ޕުލޭނުގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ވަކި ރަށުކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.

  12. ރަށްރަށުގެ މަގާއި ބަނދަރު ހެދުމާއި، މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.

  13. ޤުދްރަތީގޮތުން ދިމާވާ ކާރިޘާގައި ގެއްލުން ލިބޭ ތަންތަން މަރާމާތުކުރުމާބެހޭ ކަންތައްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

  14. ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކަމާގުޅޭ އިދާރާތަކާގުޅިގެން ހަމަޖެއްސުން.  

  15. ރަށްރަށަށް ދިމާވާ ތަފާތު ކާރިޘާތަކާގުޅިގެން މެދުކެނޑޭ އެންމެހައި ޚިދުމަތްތައް އަލުން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

  16. ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

  17. އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާއި އޮޑިދޯނިފަހަރުގެ ރަޖިސްޓަރީ އާއި ރޯޑުވާދިނަސް، އޮޑީ ނަންބަރު އަދި ސަރވޭކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލެހެއްޓުމާއި އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙު ކުރުމާއި އެކަންކަން ކައުންސިލްގެ ރައީސްގެ ސަމާލުކަމަށް ގެނައުން.

  18. ރަށްރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވުން.

  19. ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ކަންތައްތަކާއި ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ރަށުކައުންސިލްތަކަށް ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުން.

  20. މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފައްޓަވާފައިވާ، ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކުރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން ތިރީގައި މިދަންނަވާ ކަންކަމަށް ބެލޭނެއެވެ.

  1. ލިބިފައިވާ ތަޢުލީމާ ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަވިއު އަދި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕުރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 13 އާއި 2015 ޖަނަވަރީ 15 އާ ދެމެދު ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު 7 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ އަދި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ލިބެންހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500002، 6500068 ފޯނަށެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވާނީ  [email protected]) ) އެޑްރެހަށެވެ. އަދި މިއިދާރާގެ ނަންބަރު: (IUL) 225-AHRI/225/2014/41 (2 ޑިސެންބަރު 2014) ގެ އިޢުލާނު ބާޠިލު ކުރެވިފައިވާތީ ދަންނަވަމެވެ.

7 ރަބީޢުލްއައްވަލް 1436  

29 ޑިސެންބަރު 2014
ހޯދާ