މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޙް ނަމާދު ކުރުމަށް ގެންނަ 2 ޙާފިޡުންގެ ކެއުމާއި ހުރުމާއި ގުޅޭ

އިޢުލާން

 

ތަރާވީޙް ނަމާދު ކުރުމަށް ގެންނަ 2 ޙާފިޡުންގެ ކެއުމާއި ހުރުމާއި ގުޅޭ

 

1444 ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް މިކައުންސިލުން ގެންނަ ދެ ބިދޭސީ ޙާފިޡުންގެ ކެއުމާއި ޙުރުމުގެ ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު

  • ކޮންމެ ޙާފިޡަކަށް އޭސީ ކޮޓަރިއެއް (ޖުމްލަ: 2 ކޮޓަރި)
  • ކޮޓަރި ހަމަޖައްސާ ތަނެއްގައި ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މާރިޗު 2023
ހޯދާ