މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި އުފުލުމާބެހޭ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ޔޫ.އެން ބިލްޑިންގ ގައި ބެހެއްޓިފައިވާ ބައެއް ތަކެތި އުފުލާ ތަރުތީބު ކުރުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން: 21 މާރިޗު 2023، 13:30 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 28 މާރިޗު 2023، 13:30 އަށް
ވީމާ، މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ހޯދެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
21 ޝަޢުބާން 1444
13 މާރިޗު 2023
ހޯދާ