މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށް އޮފީސް ފަރުނީޗަރ ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ބައެއް މަރާމާތުކުރުމަށް

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2023/84 (21 ފެބްރުއަރީ 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް، ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިނުވާތީ، އެ ބިޑްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަދި މި މިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށް އޮފީސް ފަރުނީޗަރ ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރުން:        20 މާރޗް 2023، 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން:         27 މާރޗް 2023، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޝަޢުބާން 1444

13 މާރިޗު 2023
ހޯދާ