މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކައްކާ/ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު

އިޢުލާނު

މިނިސްޓްރީގެ ނަންބަރު (IUL)459-HR/1/2022/54  އިޢުލާން ބާތިލް ކޮށް އަލުން ވަޒީފާ އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

ކައްކާ

ބޭނުންވާ އަދަދު:

02  (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

23 މާރިޗު 2023 އިން 27 އޭޕްރިލް 2023 ގެ ނިޔަލަށް

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު

މުސާރަ:

ގަޑިއިރަކަށް 40 ރުފިޔާ (ހަފްތާއަކު 6 ދުވަހު ދުވާލަކު 6 ގަޑިއިރަށްވުރެ އިތުރު ނުވާހެން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ބޭނުންވާ ކެއުން ކޮންމެ ދުވަހެއްގައިވެސް އެދުވަހުގެ މެނޫ ޝީޓްގައިވާ ގޮތުގެ މަތިން ގަޑިންގަޑިއަށް ކައްކާ ކާންހަދާ ކާންދިނުމުގެ ކަންތައް ބެލެހެއްޓުން.
  2. ސާފުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި ހުސްވުމުގެ ކުރިން ސުޕަވައިޒަރ އަށް އެންގުން.
  1. ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ކާންބޯންދިނުމަށް ހޯދާތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  2. ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި އައިސްއަލަމާރި، ސިންކް އަދި އުނދުންފަދަ ތަކެތި ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  3. ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތައް ކައި ނިމުމުން ތަށިތައް ނަގާ ބަދިގެ ތެރެއާއި ކާގެ ސާފު ކުރުން.
  4. ބަދިގޭގައި ކުނިއެޅުމަށް ބަހައްޓާ ވަށިގަނޑުތަކުގައި ހުންނަ ކުނި ދުވަހީ ގޮތެއްގައި ހަމަޖެހިފައިވާ އުޞޫލުން އުކާލުން.
  1. ކެއްކުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ތަކެތި ހުސްވުމުގެ ކުރިން ސުޕަވައިޒަރަށް އެންގުން.
  2. މީގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.ސެންޓަރުން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުމާއި، ޒީނަތްތެރިކުރުމުގައި ބައިވެރިވުން.
  3. ފޮޅާ ސާފުކުރުމަށް އެމުވައްޒަފަކައި ހަވާލުކުރެވޭ ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުމާއި އެއެއްޗެތީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
  4. ރަސްމީ ޑިއުޓީގަޑީގައި ސެންޓަރުގެ އެތެރޭގައި އަދި ސެންޓަރުން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
  5. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަށް ގެންނަ މީހުންނާއި ކުދިން ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކަށް ފަރުވާތެރިކަމާއެކު އަމަލުކުރުން.
  6. މަސައްކަތުގެ ދާއިރާގައި މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުން.
  7. އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
  8. މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
  9. މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.
  10. މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ކައްކާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

   6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗު 2023 ގެ 13:00 ގެ ކުރިން،

 ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ އަށް ނުވަތަ ( ([email protected]މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،20 މާރިޗު 2023 އާއި 29 މާރިޗު 2023 އާ ދެމެދު، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ޝަޢުބާން 1443                              

12 މާރިޗު 2023                             

12 މާރިޗު 2023
ހޯދާ