ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓް މިސްކިތުގައި އެޅުމަށް ކާޕެޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން.

ކައްދޫ އެއަރޕޯޓް މިސްކިތުގައި އެޅުމަށް ކާޕެޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)KACL-KDO/2023/07 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން 

ތާރީޚް: 19 މާރޗް 2023

ގަޑި: 13:30

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލެއިން ނަމަ މިކުންފުނީގެ ހެޑް އޮފީހަށް ނުވަތަ ކައްދޫއިން ނަމަ ކައްދޫ އެއަރޕޯޓް އޮފީހަށެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ ގަޑީގައި) 7411067 ނަންބަރު ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލް ކުރުމުންވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

 

20 ޝަޢުބާން 1444

12  މާރޗް 2023

 

                

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް

އަމީރު އަހުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected]

12 މާރިޗު 2023
ހޯދާ