ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢްލާން

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ނަންބަރު: 6/(IUL) 380/2023 (14 ފެބުރުއަރީ 2023)  އިޢްލާނާ

ގުޅިގެން  މާއެނބޫދޫ ކައުންސިލް އިދާރާގެ  ސެކިއުރިޓީ  ބެލެހެއްޓުމުގެ  ބިޑްކާމިޔާބުކުރި  ފަރާތުން  އެމަސައްކަތް  ކުރުމަށް ޢުޒުރުވެރިވެ އެމަސައްކަތް ދޫކޮށްލާފައިވާތީ، ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ

ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުން

1-  އަންދާސީ  ހިސާބު  ހުށަހެޅުން  އޮންނާނީ 2023 މާރިޗު 22 ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2-  އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފޯމާއި، މަޢުލޫމާތުޝީޓް މިއަދުންފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

ށ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ނ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ. މާކުސް އެއްވަރުވެއްޖެނަމަ ބިޑްކާމިޔާބު ކުރާފަރާތެއް ހޮވާނީ ޤުރުއަތުލައިގެންނެވެ.

ރ- އަންދާސީ ހިސާބު ހުށަހަޅާ ބިޑްއެވޯޑް ކުރުމަށްފަހު ޤަބޫލުކުރެވޭ  ޢުޒުރެއްނެތި، މަސައްކަތް ނުކުރެވޭނެކަމަށް އަންގާ ދޫކޮއްލާ އެއްވެސް ފަރާތަކަށް، އެ ދޫކޮއްލި  މަސައްކަތަކަށް  އެ އަހަރުތެރޭގައިކުރާ އެއްވެސް އިޢުލާނަކާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ބ- ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހެވެ. 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

90%

ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއިގުޅޭ ލިޔުން ތަކަކަށްވުމާއި، ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކަށްވާން ވާނެއެވެ. ބެންޗުމާކު ކަމުގައި ބަލާނީ މަސައްކަތުގެ ތަޖުރިބާގައި އެންމެ ގިނަދުވަހު މަސައްކަތްކުރި ކަމަށް ހުށަހަޅާފައި ލިޔުންތަކަށެވެ.)

10%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. އައިޑީކާޑު ކޮޕީ

ރ. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއް 

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ

އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

12 މާރިޗު 2023
ހޯދާ