މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނީލަން ކިޔުން

ނީލަމާބެހޭ މަޢުލޫމާތު

މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 2023 މާރިޗު 20 ވާ   ހޯމަ ދުވަހު މެންދުރު 14:30 ގައި ވެލާނާގެ 9 ވަނަ ފްލޯ ގައެވެ. ނީލަމުގައި ނަގާ ތަކެއްޗަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ކޯޑު

މުދާ

ރޭޓް (ރުފިޔާ)

ޢަދަދު

ނީލަންކިޔަން ފެށޭނެ އަގު (ރުފިޔާ)

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު (ރުފިޔާ)

MoE01

 އޮފީސް މޭޒު

25.00ރ

05

125.00ރ

10.00ރ

MoE02

 ޕްރިންޓަރ  

30.00ރ

07

210.00ރ

20.00ރ

MoE03

 ފިންގަރ މެޝިން

10.00ރ

01

10.00ރ

05.00ރ

MoE04

 ޑައިނިންގް ގޮނޑި (ލަކުޑި)

10.00ރ

03

30.00ރ

05.00ރ

MoE05

 މޮނިޓަރ (އޭސަރ)

15.00ރ

01

15.00ރ

05.00ރ

MoE06

 ސީ.ޕީ.ޔޫ (އޭސަރ)

20.00ރ

01

20.00ރ

10.00ރ

MoE07

 މައުސް

03.00ރ

10

30.00ރ

05.00ރ

MoE08

 ފޯނު

03.00ރ

11

33.00ރ

05.00ރ

MoE09

 ލެޕްޓޮޕް (އެން.އީ.ސީ)

25.00ރ

01

25.00ރ

10.00ރ

MoE10

 އޮފީސް ގޮނޑި

15.00ރ

06

90.00ރ

05.00ރ

 

 ނީލަންކިޔުމުގެ އުޞޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދީފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަން ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދާނެވެ.

 

 

 

  •  ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެނގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމާނެއެވެ.
  •  ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލުކުރާނެއެވެ.
  •  ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ޙަވާލުކުރާނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާނުކުރެވޭނެއެވެ.

    ނޯޓް: އިތުރު މަޢުލޫމާތު ބޭނުންވާނަމަ 3341178 އަށް ގުޅުން އެދެމެވެ. 

12 މާރިޗު 2023
ހޯދާ